'މަނީ ހައިސްޓް" ސީޒަން 5 ގެ ޝޫޓިން ނިއްމާލައިފި!

ނެޓްފްލިކްސްގެ މަޝްހޫރު ސްޕެނިޝް ސީރީޒް "ލަކާސާ ދީ ޕަޕޭލް" ނުވަތަ "މަނީ ހައިސްޓް" ސީޒަން 5 ގެ ޝޫޓިން އެއްކޮށް ނިއްމާލައިފިއެވެ.

ޝޫޓިން އެއްކޮށް ނިއްމާލާ އެކަން އިއުލާންކޮށް މަނީ ހައިސްޓްގެ ޓީމުން ވަނީ ކާސްޓުންނާއެކު ފޮޓޯ އެއް ހިއްސާކޮށްފައެވެ.

ސީރީޒްގެ ގިނަ ކާސްޓުން ފެންނަ މި ފޯޓޯގެ ކެޕްޝަންގައި، ހައިސްޓަކުން ފެށި މި ދަތުރު، އާއިލީ ގުޅުމަކުން ނިއްމާލިކަމަށް ލިޔެފައިވެއެވެ. އަދި މިވާހަކަ ނިމޭގޮތް ބެލުންތެރިންނަށް އަންގައިދިނުމަށް ކެތް މަދުވެފައި ހުރި ކަމަށް ޓީމުން ބުނެފައިވެއެވެ.

މަނީ ހައިސްޓް” އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ. މި ސީރީޒް އާއްމުންގެ މެދުގައި މަޝްހޫރުވެފައި ވަނީ ނެޓްފްލިކްސް އަށް ސީރީޒް އައުމާއެކުއެވެ. އަދި މިއީ މިހާތަނަށް ނެޓްފްލްކްސްގައި ދެއްކި އެންމެ ކާމިޔާބު އެއް ސްޕެނިޝް ސީރީޒްއެވެ.

މި ސީރީޒް ގައި ކިޔައި ދެނީ ބަޔަކު ވަރަށް ބޮޑަށް ޕްލޭންކޮށެގެން ބޭންކްތަކެއް ލޫޓްވައިލަން ކުރާ މޮޅު މަސައްކަތްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.

މަނީ ހައިސްޓް ސީޒަން 5 ގައި ހިމެނޭނީ މުޅިއަކު 10 އެޕިސޯޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ