މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފުތާއަކަށް

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް އިތުރު ކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ 2021 މޭ 12 ވަނަ ދުވަހުން ފެށިގެން 1 ހަފުތާގެ މުއްދަތަށް އެޅުމަށް އަންގައިފައިވާ، އެޗްޕީއޭގެ ނަންބަރު 2021/46 ގެ އެންގުމުގައިވާ ކޮވިޑް-19 އިން ރައްކައުތެރިވުމަށް މާލެ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުމުގެ މުއްދަތު، 20121 މޭ 19 ވަނަ ދުވަހުން ފެށިގެން 7  ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 46/2021 ގައި ބުނެފައިވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ގުޅިފަޅާއި، ތިލަފުށްޓާއި، ހުޅުލޭގައި ހަވީރު 4:00ން ފެށިގެން ފަތިހު 4:00ށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކަމަށެވެ. އަދި ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ހުއްޓައިލުމަށެވެ. ނަމަވެސް ކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތެއް ނުދެވޭނެ ކަމަށެވެ. މީގެ އިތުރުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް އަންގާ ކަމުގައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 1433 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައި ވެއެވެ. މުޅި ޖުމްލަ ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށްވަނީ 44،956 މީހުން ޕޮޒިޓިވުވެފައެވެ. އަދި މި ބަލީގައި މިހާތަނަށް 104 މީހަކު ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ