ފޮޓޯ:އެމްއެންޑީއެފް

ކޮވިޑް-19: އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން މިއަދު މީހަކު ނިޔާވެފައިވާކަމަށާއި ރާއްޖޭގައި މިހާތަނަށް މިބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު 105 އަށް އަރާފައިވާކަމަށެވެ.

މިރޭ 08:42 ގައި ކޮވިޑް-19ގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ މިއަދު ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި ދެވަނަ މީހާއެވެ.

ރާއްޖޭގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުން އަންނަ އިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ އިތުރު ވެފައެވެ. އެގޮތުން މިހިނގާ މޭ މަހު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 60 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ