ކައިވެންޏަށް 25 އަހަރު، އަންހެނުންދެކެ ވާ ލޯބި އުމަރު އަންގަދީފި!

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޞީރުގެ ކައިވެންޏަށް 25 އަހަރު ފުރިފައިވާއިރު، އަންހެނުންދެކެވާ ލޯބި އުމަރު އަންގަދީފިއެވެ.

މި ދެމަފިރިންގެ ދެމެދުގައި އޮތް ލޯތްބާއި، އަޅާލުމާއި އޯގާތެރިކަން އުމަރު ބުނެދިނީ އެންމެންނަށް ނަމޫނާ ދައްކަމުންނެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ލީޑަރެއްކަމުގައި އުމަރު ވީނަމަވެސް އުމަރުގެ ވާހަކަ ތަކުން ހާމަވީ އޭނާގެ ދިރިއުޅުމުގެ ކަންކަމަށް ވަގުތުދޭ ވަރާއި، އާއިލީ ކަންކަން އުމަރަށް މުޙިންމު ވާ މިންވަރެވެ.

"އަހަރެންގެ ބޯ ކޮށަންވާ ގޮތާ، އަޅަންވާ ހެދުމާ، ޖަހަންވާ ސެންޓް ވެސް ނިންމަނީ އޭނާ" އަންހެނުންނަށް ދީފައިވާ ޤަދަރާއި އިޙްތިރާމް އަންގަމުން އުމަރު ބުނެފައިވެއެވެ.

އުމަރަކީ ދިރިއުޅުމުގައި ލާމަސީލު މިސާލެކެވެ.

އުމަރު ބުނެފައިވާ ގޮތުގައި އޭނާގެ މަންމަ، އުމަރަށްވުރެ ބޮޑަށް އޭނާގެ އަންހެނުން ދެކެ ލޯބިވެއެވެ. އަދި އުމަރުގެ ދަރިންނާ، ދަނބިދަރިންވެސް އުމަރަށް ވުރެ ބޮޑަށް އޭނާގެ އަންހެނުން ދެކެ ލޯބިވެއެވެ.

ކައިވެންޏަށް 25 އަހަރު ފުރުނުކަމުގައިވިޔަސް އުމަރު ބުނާ ގޮތުން އަދިވެސް އޭނާގެ އަންހެނުންނަކީ ގޭގެ ހުރިހާ ކަމެއްގެ ވެރިމީހާއެެވެ.

"ގޭގެ ފައިސާ އާއި، އިދާރީ ކަންކަމާ އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ވެރިޔަކީ އޭނާ" އުމަރު ބުންޏެވެ. އަދި އަންހެނުންނަކީ އުމަރުގެ 'ހޯމް' މިނިސްޓަރ ކަމަށްވެސް ވަނީ ބުނެފައެވެ.

އުމަރު ނަޞީރުގެ ދެމަފިރިންގެ އުފާވެރި ދިރިއުޅުމަށް 25 އަހަރު ފުރޭ މި އުފާވެރި ދުވަހުގެ ހެޔޮއެދުން ތައް އޭނާ ވަނީ ލޯބިވާ އަންހެނުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާފައެވެ.

އެތައް ބަޔަކު އަންނަނީ އުމަރު ނަޞީރުގެ މި އުފާވެރި ކައިވެނީގެ އަހަރީ ދުވަހުގެ ހެޔޮ އެދުންތަކާއި ހެޔޮ އެދުމުގެ މެސެޖްތައް ފޮނުވަމުންނެވެ.

މިލިޔުން ކިޔާލުމުން
814
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސަޓަނި

    ހަރުގަނޑެއްހިފައިގެންނުދުވާތަ ދިރިއުޅުމުގަ ވެރިކަންވައްޓާލިދުވަހު 12 ފޫޓުގެ ހަރުގަޑެއް ހިފާއިގެންދުވީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ