އިތުރު 2194 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ދިވެހިރާއްޖެއިން އިތުރު 2194 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ވިދާޅުވީ، އަލަށް 2194 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، މީގެ ތެރެއިން 691 މީހަކު ރޭ 06:00 އާއި މިރޭ 06:00 އާއި ދެމެދު ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ވެފައިވާ ފަރާތްތައް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި އަދަދު 2000 އިން މައްޗަށް ގޮސްފައިވާއިރު، މިއީ މިހާ ގިނަ ބަޔަކު އެއްދުވަހަކު މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ދުވަހެކެވެ.

އަލަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 1698 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުން 467 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓްތަކުން 29 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މިއާއެކު މި ބައްޔަށް މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 20276 ގައި އުޅޭއިރު، މި ބަލިން ފަސޭހަވެފައިވަނީ 30403 މީހުންނެވެ. މި ބަލީގައި ރާއްޖެއިން 115 މީހަކު މަރުވެފައިވާއިރު، ބަލި ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާކަމީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ