11 ދުވަސްފަހުން ހަމަލާތައް ހުއްޓާލަން އިސްރާއީލާއި ހަމާސް އިން އެއްބަސްވެއްޖެ

ފާއިތުވި 11 ދުވަސްވަންދެން އިސްރާއިލާއި ފަލަސްދީނުގެ ހަމާސް ޖަމާއަތާއި ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ދެ ފަރާތުންވެސް އެއްބަސްވެއްޖެއެވެ.

އިސްރާއިލުން ފަލަސްތީންގެ ޣައްޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 232 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އަލްޖަޒީރާ ނޫހުގައި ރިޕޯޓުކޮށްފައިވާގޮތުގައި، އިސްރާއިލުގެ ގައުމީ ސަލާމަތާއި ބެހޭ ކެބިނެޓުން ޣައްޒާއަށް ހަމަލާތައް ދިނުން ހުއްޓާލަން އިއްޔެ ނެގި ވޯޓުގައި، ހަމަލާ ދިނުން ހުއްޓާލުމަށް ވަނީ ފާސްވެފައެވެ. އަދި އިސްރާއީލުން ހަަމަލާތައް ދިނުން ހުއްޓާލައިފިނަމަ ޣައްޒާއިންވެސް ހަމަލާ ދިނުން ހުއްޓާލާނެކަމަށް ހަމާސް ޖަމާއަތުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ، ރޭ ދަންވަރު 02:00 އިން ފެށީގެން ހަމާލާތައް ދިނުން ހުއްޓާނެ ކަމަށެވެ.

އިސްރާއިލުން ފަލަސްދީނަށް ދެމުންގެންދިޔަ ހަމަލާތައް ދިނުނުން ހުއްޓާލަން ނިއްމި ހަބަރާއެކު ފަލަސްތީނުގެ އެކި ކަންކޮޅުތަކުގައި ކާމިޔާބީ ފާހަގޮށް އުފާފާޅުކުރަން ވަނީ ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ