ކޮވިޑް-19ގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކު ނިޔާވެއްޖެ

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކު ނިޔާވެއްޖެއެވެ.

ކޮވިޑް-19 ފެތުރޭ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 119 މީހަކު ވަނީ ނިޔާވެފައެވެ.

އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރުފަހު 03:45 ގައި ނިޔާވެފައިވާކަމަށެވެ.

މިއީ މިބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ.

މީގެ ކުރިން މިއަދު މި ބަލީގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާ ދެމުންއައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، އަތޮޅު ތެރޭގައި ވެސް މި ބަލީ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އެގޮތުން އަތޮޅު ތެރެއިން 67 ރަށެއް މިހާރުވެސް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ