ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

ކޮވިޑް-19: މިއަދު ހަތަރު ވަނަ މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޮންޓްރޯލް ކުރެވުމެއްނެތި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ކޮވިޑުގައި މިއަދު އިތުރު މީހަކު ނިޔާވެފައިވާކަން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ހާމަކޮށްފައިވާއިރު، ވިދާޅުވީ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 57 އަހަރުގެ ދިވެހި އަންހެނެކެވެ.

އެ އަންހެންމީހާ ނިޔާވެފައިވަނީ މިރޭ 07:46 ގައި ކަމަށާއި މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 120 ވަނަ މީހާކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

މިއީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި ހަތަރުވަނަ މީހާއެވެ. އަދި މި ބަލީގައި ނިޔާވި ދިވެހިންގެ އަދަދު މި ވަނީ 105 އަށް އަރާފައެވެ.

މިއަދު ނިޔާވި އަނެއް ތިން މީހުންނަކީވެސް ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ތިން މީހުންނެވެ. އެގޮތުން މިއަދު ފުރަތަމަ ނިޔާވެފައިވަނީ އުުމުރުން 77 އަހަރުގެ ދިވެހި ފިރެހެނެކެވެ. އަދި އޭގެ ފަހުން 80 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާއިރު، ނިޔާވި ތިންވަނަ މީހާއަކީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ބަލީގައި އެންމެ ގިނަ މީހުން ނިޔާވީ މި މަހު އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ