މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާއާއި އޭނަގެ ކުރީގެ ލޯބިވެރިޔާ ޓްރޭވިސް ސޮކްޓް އަލުން ގުޅިއްޖެއެވެ. ނަމަވެސް މިފަހަރު ގުޅުނީ، ދެމީހުންވެސް އެހެން މީހުންނާއި ޑޭޓް ކުރެވޭގޮތަށް އެއްބަސްވެގެން ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.
މި ދެމީހުން މިހާރު އަލުން ގުޅިފައިވާކަމަށް ކައިލީ އާއި ގުޅުންހުރި ފަރާތްތަކުން "ޓީއެމްޒެޑް" ނޫހަށް މައުލޫމާތު ދީފައިވާކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ދެމީހުންވެސް ގުޅިފައިވަނީ އެހެން މީހުންނާއި ގުޅުން ބޭއްވިޔަސް އެއްވެސް މައްސަލައެއް ނެތްގޮތަށް ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.
ކައިލީ އާއި ޓްރޭވިސްގެ ލޯބީގެ ގުޅުން ނިމިފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އަދި މި ގުޅުމަށް ވަނީ އަންހެން ކުއްޖަކުވެސް ލިބިފައެވެ. ކައިލީ އާއި ޓްރޭވިސްގެ ދަރިފުޅު، ސްޓޯމީ އަށް މިހާރު ވަނީ ދެ އަހަރު ފުރިފައެވެ.
ކައިލީ އާއި ޓްރޭވިސް އަލުން ގުޅުނު ޙަބަރު ދެމީހުން އަދި ކަށަވަރުނުކޮށްދިން ނަމަވެސް، ފަހަކަށް އައިސް ދަރިފުޅުގެ ކަންކަމުގައި ދެމީހުން އެކުގައި ވަގުތު ހޭދަކުރާކަމަށް ރިޕޯޓުތަކުން ބުނެއެވެ.





ހިޔާލު
ޒަމާނީ ލޯބީގެ އާ ވައްތަރެއް ތަޢާރަފް ވަނީ. ދެން ދިވެހިންވެސް ތިކުޅިވަރު ފަށަންވީ. އެއަށްފަހު އަންހެނުންނަށް އެއްފަހަރާ ދެފިރިންނާ ކާވެނި ކުރުމުގެ ޙައްޤު ހޯދުމުގެ ކަންތައް ފެށޭނެ.
نعوذ بالله