ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 1960 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް 6،333 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 1،518 މީހުން، އަތޮޅުތެރޭ ރައްތަކުން 431 މީހުން، އަދި ރިސޯޓުތަކުން 11 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/kBzMilUFtX
— Health Protection Agency (@HPA_MV) May 22, 2021
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 54،365 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 31،812 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 22،421 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 294 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.




ހިޔާލު
ހެޔޮނުވާނެ ލޮކްޑައުން ކޮއްބަލަ!! ގަސްތުގައި ބަލި ފަތުރާ މީހުންވެސް އެހާ ގިނަ! އެންޓި-މާސްކް މީހުންވެސް އެހާ ގިނަ!