ހުޅުމާލެ މެޑިކަލް ފެސިލިޓީ: ފޮޓޯ - ހެލްތް މިނިސްޓްރީ

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އިތުރު ދެ ދިވެހިން ނިޔާވެއްޖެ

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އިތުރު ދެ ދިވެހިން ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުންދިޔަ 66 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 08:07 ގައި ނިޔާވެފައިވާ ކަމަށެވެ.

މި ބަލީގައި ހުޅުމާލެ ފެސިލިޓީގައި މިއަދު ނިޔާވެފައިވާ ދެވަނަ މީހަކީ އެޑްމިޓްކޮށް ފަރުވާދެމުންދިޔަ، އުމުރުން 62 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 10:49 ގައި ކަމަށް އެޗްޕީއޭއިން ވިދާޅުވީ ދާދި ދެންމެއެވެ.

މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 125 އަށް އަރާފައިވާއިރު، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ނިޔާވި މީހުންގެ އަަދަދު ވަނީ 40 އިން މައްޗަށް އަރާފައެވެ.

ކޮވިޑް-19 ގައި ނިޔާވާ ދިވެހީންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ދުވާލެއްގެ މައްޗަށް ބަލިޖެހޭ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އިއްޔެ އެކަނިވެސް 1960 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މީގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވާ ފަރާތްތަކެވެ.

ބަލި ކޮންޓްރޯލް ކުރުމަށް މާލެއާއި ބައެއް ރަށްތަކުގައިވެސް ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދާ 22421 ފަރާތެއް ރާއްޖޭގައި އެބަތިއްބެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ