ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖޭގެ ކުރީގެ އޮޑިޓަރ ޖެނެރަލް އިސްމާއިލް ފަޠުހީ އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވަވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހަވީރު، 05:40 ގައެވެ.
އިސްމާޢިލް ފަޠުޙީ އަވަހާރަވިއިރު އުމުރުފުޅާކީ 80 އަހަރެވެ.
Today at 05:40 pm a 80-year-old Maldivian male admitted at DH17 has passed away
This is the 126th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven
— Health Protection Agency (@HPA_MV) May 23, 2021
އިސްމާއިލް ފަތުހީ ވަނީ 1993 ވަނަ އަހަރުން 2008 ގެ ޖެނުއަރީ 16 ވަނަ ދުވަހާއި ހަމައަށް އޮޑިޓާ ޖެނެރަލްގެ މަޤާމް އަދާކުރައްވައިފައެވެ. އޭނާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ގެ ލަޤަބްވެސް ލިބިލައްވާފައެވެ.
އޭނާ ވަނީ 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ.




