ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވީ 1،559 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް 5،834 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 1،135 މީހުން، އަތޮޅުތެރޭ ރައްތަކުން 401 މީހުން، އަދި ރިސޯޓުތަކުން 20 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/H57PLLPqhS
— Health Protection Agency (@HPA_MV) May 23, 2021
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 55،924 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 32،322 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 23،464 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 290 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.




