ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން | ފޮޓޯ: ވަން އޮންލައިން

މިއަދުގެ 9 ވަނަ މަރު، ނިޔާވީ 41 އަހަރުގެ ދިވެހި އަންހެނެއް

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ކޮވިޑުގައި މިއަދު އިތުރު މީހަކު ނިޔާވެފައިވާކަން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ހާމަކޮށްފައިވާއިރު، ވިދާޅުވީ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ.

އެ އަންހެންމީހާ ނިޔާވެފައިވަނީ މިރޭ 06:48 ގައި ކަމަށާއި މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 138 ވަނަ މީހާކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ. އެއީ މި ދިޔަ އަހަރު ނިޔާވި 51 މީހަކާއި މި އަހަރުތެރޭ ނިޔާވި 87 މީހެކެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި ދިވެހިންގެ އަދަދު 123 އަށް އެރީއެވެ.

މިއީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި 9 ވަނަ މީހާއެވެ.

މިއަދު ފުރަތަމަ މަރެއް ރެކޯޑްކުރީ މެންދަމު 2:02 ގައެވެ. އެއީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި 3:18 ގައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާއިރު، ފަތިހު 4:25 ގައި 58 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.

މީގެ އިތުރުން މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި 85 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ ނިޔާވެފައެވެ. އަދި ޅ. ހިންނަވަރު ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ފިރިހެނެއް ވެސް މިއަދު ވަނީ ނިޔާވެފައެވެ.

މިއަދު ދެން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ މެންދުރު 2:50 ގައެވެ.

މިފަހަކަށް ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މި މަހަކީ ރިކޯޑް އަދަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަހު މިހާތަނަށް 65 މީހަކު ނިޔާވެފައިވަކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އާމިްނ

    ސުުބުހާނައްލާޚު އަޅަމެނަށް ރަހުމަތް ލައްވަވާންދޭވެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ