ކޮވިޑުގެ ސަބަބުން ވައިގެތެރޭ ކައިވެނި ހަފުލާއެއް ބާއްވައިފި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުން ސަލާމަތްވުމަށް ވައިގެތެރޭ އިންޑިއާ ދެމަފިރިންގެ ކައިވެނި ހަފުލާ ބާއްވައިފިއެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކު އެއްވެ ކައިވެނި ހަފުލާފަދަ ޕާޓީތައް ނުބޭއްވޭތީވެ މި ދެމަފިރިންގެ ކައިވެނި ޕާޓީ ބާއްވައިފައިވަނީ މަތިންދާބޯޓެއް ޗާޓަރުކޮށް ވައިގެތެރޭގައެވެ.

މި ކައިވެނި ޕާޓީގައި 160 ވުރެ ގިނަ މެހެމާނުން ބައިވެރިވެފައި ވެއެވެ. މައުލޫމާތު ލިބޭގޮތުގައި ކައިވެނި ޕާޓީއަކީ ޓެމިލްނާޑޫއަށް ނިސްބަތްވާ ދެމަފިރިއެއްގެ ކައިވެނި ޕާޓީއެކެވެ. ޓެމިލްނާޑޫގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކައިވެނި ޕާޓީތަކުގައި ދައުވަތު ދެވޭނެ އެންމެ ގިނަ އަދަދަކީ 50 އެވެ.

އިންޑިއާގެ އޭވިއޭޝަން އެތޯރިޓީއިން މިހާރު މިމައްސަލަ ތަހުގީގު ކުރަމުންދާއިރު، ކައިވެނި ޕާޓީ ބޭއްވި ފުލައިޓް ނިސްބަތްވާ ސްޕައިސް ޖެޓުން ބުނެފައިވަނީ އެ ދަތުރަކީ ކައިވެންޏަކަށްފަހު މަޑޫރާއިން ބެންގަލޫރަށް ދަތުރުކުރުމަށް ބުކްކޮށްފައިވާ ދަތުރެއް ކަމަށެވެ. އަދި ދަތުރު ބުކްކޮށްފައިވަނީ ޓްރެވަލް އެޖެންޓެއް ކަމަށެވެ.

އިންޑިއާއިން އައްނަނީ ކޮވިޑް-19ގެ ދެވަނަ ރާޅަކީ ކުރިމަތިލަމުންނެވެ. އިންޑިއާއިން މިބަލީގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 300،000 ވުރެ މަތިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ