ވެކްސިން ފުރިހަމަކުރި މީހުންގެ ތެރެއިން ޕޮޒިޓިވްވީ ކުޑަ ޕަސެންޓެއް: ސީޑީސީ

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެތެރެއިން ބައްޔަށް ޕޮޒިޓިވްވަނީ ވެކްސިން ފުރިހަމަކުރި މީހުންގެ ތެރެއިން އެއް ޕަސެންޓް މީހުން ކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީޑީސީއިން ބުނެފިއެވެ.

ސީޑީސީއިން މިދިޔަ އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، މިހާތަނަށް 130 މިލިއަނަށްވުރެ ގިނަ މީހުން އެމެރިކާގެ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވިކަމަށް ރިޕޯޓު ކޮށްފައިވަނީ 10،262 މީހުންކަމަށެވެ. އަދި މިއީ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދަށް ބަލާއިރު، އެއް ޕަސެންޓް މީހުންނެވެ.

މިގޮތަށް ބައްޔަށް ޕޮޒިޓިވް ވުމަށް ކިޔަނީ "ބްރޭކްތްރޫ އިންފެކްޝަންސް" އެވެ. މިއީ، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ފަހުން 14 ދުވަހަށް ވުރެ ގިނަ ދުވަހަށް މީހަކު ބައްޔަށް ޕޮޒިޓިވްވުމެވެ.

ސީޑީސީ އިން ބުނީ، "ބްރޭކްތްރޫ އިންފެކްޝަންސް" ގެ 25 އިންސައްތަ ކޮވިޑް ކޭސްއަކީ ކޮވިޑް ބަލީގެ އެއްވެސްއަލާމާތެއް ނުފެނި ޕޮޒިޓިވް މީހުންކަމަށެވެ.

އެމެރިކާއިން ގިނަ އަދަދެއްގެ މީހުން މިހާރު ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ