Worker candid portraits of the Crenshaw line in Los Angeles, CA

މާލޭގައި ކޮންސްޓަރަކްޝަން މަސައްކަތްކުރުން މަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގައި ކޮންސްޓަރަކްޝަން މަސައްކަތްކުރުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާއި ގުޅިގެން  މާލެސިޓީގައި ކޮންސްޓްރަކްޝަން އަދި އެހެނިހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން 26 މެއި 2021 ން ފެށިގެން 09 ޖޫން 2021 ގެ ނިޔަލަށް  މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މި މުއްދަތު ތެރޭގައި، ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު ގެއްލުމެއް ލިމިދާނެފަދަ ހާލަތެއްގައިވާ ސައިޓެއްނަމަ އެ ސައިޓްތަކަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުން އިތުރުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް 16 ގަޑިއިރަށް ކާފިއު ވަނީ އިއުލާނު ކޮށްފައެވެ. ކާފިއު އިއުލާންކޮށްފައިވަނީ ހަވީރު 04:00 އިން ހެނދުނު 8:00 އަށެވެ.

މާލެ ސަރަހައްދުގައި ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުންނަން ފާހެއް ބޭނުންވާ ގޮތަށް ހަމަޖައްސާފައިވާއިރު، ކޮންމެ ގެއަކަށް ދޫކުރަން ނިންމާފައިވަނި ދެ ފާހެވެ.

އެ ފާސްއާއެކު ބޭރަށް ނުކުންނަ ވަގުތުތަކުގައި މާލެ ސަރަހައްދު އޮންނަނީ ދެ ޒޯނަކަށް ބަހާލެވިފައެވެ. އެގޮތުން ހުޅުމާލެ އަކީ ވަކި ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެ އާއި ހުޅުމާލެއާއި ދެމެދު ދަތުރުފަތުރު ކުރުން މަނާވާނެއެވެ.

ހުޅުމާލެ އަކީ ވަކިޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އަނެއް ޒޯނަކީ މާލެ އާއި ވިލިމާލެއެވެ. ކާފިއު ނޫން ގަޑީގައި ބޭރަށް ނުކުންނަން ދޫކުރާ ފާސް ބޭނުންކުރެވޭނީ ހަމައަކެނި ޒަރޫރީ ބޭނުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ