ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

ކޮވިޑް-19: އިތުރު ދިވެއްސަކު ނިޔާވެއްޖެ

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައި ރާއްޖެއިން އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ކޮވިޑުގައި މިއަދު އިތުރު މީހަކު ނިޔާވެފައިވާކަން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ހާމަކޮށްފައިވާއިރު، ވިދާޅުވީ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރެހެނެއްކަމަށެވެ.

އަދި އެ ފިރެހެންމީހާ ނިޔާވެފައިވަނީ މިރޭ 07:21 ގައި ކަމަށާއި މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 147 ވަނަ މީހާކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

މިއީ މިއަދު މި ބަލީގައި ރާއްޖެއިން ނިޔާވި ތިން ވަނަ މީހާ އެވެ. އަދި މިއީ މި މަހުގެ 74 ވަނަ މަރެވެ.

މިއަދު ކުރިން ނިޔާވެފައިވަނީ އައްޑޫ މެޑިކަލް ފެސިލިޓީގައި ގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނަކާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކެވެ.

ރާއްޖެއިން ކޮވިޑް ބަލި ކޮންޓްރޯލެއްނެތި އިތުރުވަމުންދާތީވެ، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން މިއަދުން ފެށިގެން މި ފިޔަވަޅުތައް ތަންފީޒުކުރަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ހަވިރު 04:00 އިން ހެނދުނު 08:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ކާފިއު ނޫން ގަޑި ތަކުގައި ބޭރުގައި އުޅެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހާއްސަ ފާހަކާއެކުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ