ކަނޑުތަށް ގަދަވެ އުދަ އަރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.
މިއެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.
މެޓް އޮފީހުން މިރޭގެ 20:00 އިން ދަންވަރު 01:00 އަށް ނެރެފަައިވާ، މި ޔެލޯ އެލާރޓްގައި ބުނެފައިވަނީ، އެލާރޓް ނެރެފައިވާ ސަރަޙައްދަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އަދި ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Strong Winds & rough seas pic.twitter.com/RJeYkcn9sp
— Maldives Meteorology (@MetMaldives) May 27, 2021
އަދި ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަސަޢީ ޢާޑީ ބަައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލުބާރުމިނަށް ވައި ގަދަވުން އެކަށީގެެންވޭ." މެޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން ބުނީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށާއި، ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެން ވާކަމަށެވެ.
އަދި ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފާރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށްވެސް މެޓް އޮފީހުންވަނީ އެދިފައެވެ.




