ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ކޮވިޑް-19 ގައި މިއަދު އިތުރު މީހަކު ނިޔާވެފައިވާކަން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ހާމަކޮށްފައިވާއިރު، ވިދާޅުވީ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 61 އަހަރުގެ ދިވެހި ފިރެނެއް ކަމަށެވެ.
އެ އަންހެންމީހާ ނިޔާވެފައިވަނީ މިއަދު މެންދުރުފަހު 02:14 ގައި ކަމަށާއި މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 155 ވަނަ މީހާކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
މިއީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި 4 ވަނަ މީހާއެވެ.
Today afternoon 02:14 pm a 61-year-old Maldivian male admitted at HMF has passed away
This is the 155th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
— Health Protection Agency (@HPA_MV) May 28, 2021
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 60،943 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 35،365 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 25،419 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 270 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.




