ކޮވިޑް-19: އިތުރު 2 މީހަކު ނިޔާވެއްޖެ

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައި އިތުރު 2 މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްފައިވާ 84 އަހަރުގެ ދިވެހި ފިރެހެނަކު ރޭ 11:38 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 ގައި ރާއްޖެއިން އިއްޔެ ނިޔާވި 5 ވަނަ މީހާއެވެ.

މީގެ އިތުރުން ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި އުމުރުން 86 އަހަރުގެ ދިވެހި ފިރެހެނެކެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު ފަތިހު 05:35 ގައެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މަރުވާ މީހުންގެ ނިސްބަތް ފަހަކަށް އައިސް އިތުރުވެފައިވާއިރު، މިހާތަނަށް 157 މީހަކު ވަނީ ނިޔާވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 61،844 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 36،862 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 24،818 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 252 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ