ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހޭތީ ސަމާލުވާން އެދިއްޖެ

ކޮވިޑް-19 އަށް އެއްފަހަރު ޕޮޒިޓީވް ވުމަށްފަހު އަނެއްކާވެސް ޕޮޒިޓިވް ވަމުންދާތީ، އެކަމަށް ސަމާލުވާން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އިލްތިމާސް ކުރައްވައިފިއެވެ.

ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ، ދެވަނަ ފަހަރަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ދަންނަވަން ދަތި ކަމަށާއި ނަމަވެސް ދެވަނަ ފަރަށް ކޮވިޑް ޖެހިފައިވާ ބަޔަކު އެބަތިބި ކަމަށެވެ.

މީގެ އިތުރުން މުހައްމަދު އަލީ ވިދާޅުވީ، ކޮވިޑް އަށް ދެވަނަ ފަހަރަށް ޕޮޒިޓިވް ވަނީ ވަކި ސަބަބަކާ ހުރެ ކަމަށް ވިދާޅުވާން ދަތި ކަމަށާއި ނަމަވެސް ކޮވިޑްގެ އާ ވޭރިއެންޓްގެ ސަބަބުން ކަމަށް އެކަށީގެންވާކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 61،844 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 36،862 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 24،818 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 252 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

ކޮވިޑް-19 ގައި ނިޔާވާ މީހުންގެ އަދަދު ފަހަަކަށް އައިސް އިތުރުވެފައިވާއިރު، މިހާތަނަށް ނިޔާވި މީހުންގެ އަފަފު ވަނީ 157 އަށް އަރައިފައެވެ.

މިލިޔުން ކިޔާލުމުން
15
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ