ޑަޗަސް އޮފް ކެމްބްރިޖް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި

ޑަޗަސް އޮފް ކެމްބްރިޖް ކޭޓް މިޑްލްޓަން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.

ލަންޑަންގެ ސައިންސް މިއުޒިއަމްއަށް ވަޑައިގެން ވެކްސިން ޖައްސަވާ ފޮޓޯއެއް އާންމު ކުރައްވަމުން އުމުރުން 39 އަހަރުގެ ކޭޓް ވިދާޅުވީ، ވަރަށްބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

މީސްމީޑިއާ ވެބްސައިޓް ޓުވިޓާގައި ކޭޓް ވިދާޅުވެފައިވަނީ ވެކްސިން ދިނުމުގެ އެންމެހާ ކަންތައްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށެވެ. ކޭޓްގެ ފިރިކަލުން ޑޫކް އޮފް ކެމްބްރިޖް ޕްރިންސް ވިލިއަމް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. ޝާހީ އާއިލާ ބޭފުޅުންގެ ތެރެއިން މިފަހުން ވެކްސިން ޖެހިކަން ހާމަކޮށްފައިވަނީ މި ދެބޭފުޅުންނެވެ.

ހެލްތް ސެކެރެޓަރީ މެޓް ހެންކޮކް ބުނެފައިވަނީ، ފާއިތުވެދިޔަ ދެހަފްތާގެ ތެރޭ އިނގިރޭސިވިލާތުގެ އުމުރުން 30 އަހަރުގެ އާބާދީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފައިވާ ކަމަށެވެ.

ކޭޓް މިޑްލްޓަން ހިމެނިގެންދަނީ އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 39 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރޭގައެވެ. މިހާތަނަށް އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިންގެ ދެޑޯސް ޖެހި މީހުންގެ އަދަދު 24 މިލިއަނަށްވުރެ ގިނައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ