ކޮވިޑް-19 އަށް ޕޮޒިޓިވުވީ މީހުންގެ އަދަދު އަނެއްކާވެސް ހާހަކަށްވުރެ މަތިވެއްޖެއެވެ.
ހެލްތް ޕުރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް 1،062 މީހުން ޕޮޒިޓިވުވެފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް 1،062 މީހުން ޕޮޒިޓިވުވެފައި މިވަނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ޓެސްޓުކުރި 4،832 ސާމްޕަލްގެ ތެރެއިންނެވެ. ހާހަކަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން ހާހަކަށްވުރެ މަތިން ޕޮޒިޓިވުވަމުން ގޮސް އިއްޔެ މިއަދަދު ހާހަކަށްވުރެ ދައްވެފައި ވަނިކޮށެވެ.
✳️ COVID-19 : Case Updates pic.twitter.com/fjcoWeTFrN
— Health Protection Agency (@HPA_MV) May 29, 2021
އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 699 މީހުން، އަތޮޅުތެރޭ ރައްތަކުން 353 މީހުން، އޮޕަރޭޝަނަށް ނުލާ ރިސޯޓުތަކުން ނުވަމީހުން، އަދި ތަރައްގީ ކުރަމުން އައްނަ ރައްތަކުން އެކަކެވެ.
މިހާތަނަށް މުޅި ޖުމްލަ ކޮވިޑް-19 އަށް 1،062 މީހުންވަނީ ޕޮޒިޓިވުވެފައެވެ. މީގެތެރެއިން މިވަގުތު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 24،507 އެވެ.




