މިހާރު ނޫސް ކުށްވެރިކުރީ އެ ޙައްޤު އޮތުމުން: އިންތި

ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭ ގޮތުން އޮންލައިން ނޫސް މިހާރުގައި ލިޔެފައިވާ ލިޔުމަކައި ގުޅިގެން އެނޫސް ކުއްވެރި ކުރީ އެޙައްޤު އޮތުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިއްތި މިހެން ވިދާޅުވެފައި މިވަނީ "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ލިޔެފައިވާ ލިޔުމެއްގެ މައްސަލަ ހޫނު ވުމާއި ގުޅިގެންނެވެ.

އެގޮތުން މި ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އެކަން ކުއްވެރިކޮށް ނޫސްބަޔާނެއްވެސް ނެރެފައެވެ.

މި ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ މި ރިޕޯޓާއި ގުޅިގެން ރައީސް ނަޝީދުގެ ޙިމާޔަތާއި ރައްކާތެރިކަމާއި، ގ. ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި ޢާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާކަމަށާއި، އެހެން ކަމުން އެމައްސަލަ ބެލުމަށް އެ ކޮމެޓީން ނިންމާފައިވާކަމަށެވެ.

މިހާރު ނޫހުގައި ލިޔުނު މި ރިޕޯޓްގެ މައްސަލަ ބެލުމަށް މަޖިލީހުގެ ކޮމެޓީން ނިންމާފައި ވާތީ ދިވެހި ނޫސްވެރިންގެ ޖަމިއްޔާ ކަމުގައިވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި، ދިވެހި ނޫސްތަކުގެ އެޑިޓަރުންގެ ޖަމިއްޔާ ކަމުގައިވާ އެޑިޓާސް ގިލްޑްއާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން އިންތި ވަނީ ކޮމެޓީން ބަލާ މައްސަލައަކީ ކޮބައިކަން ވެސް “އެޑިޓާރސް ގިލްޑް" އަށް ނޭގެނީތޯ ސުވާލު ކުރައްވާފައެވެ. އެގޮތުން އިންތި ވިދާޅުވީ ކޮމެޓީން ބަލަނީ ސެކިޔުރިޓީ ދޭފަރާތުގެ ސެކުޔިރިޓީ ބްރީޗްކުރި މައްސަލަކަމަށާއި މިހާރުނޫސް ކުށްވެރިކުރީ އެތިކްސްއާ ޚިލާފަށް ވިޔަސް ލިޔުުމުގެ ޙައްޤު އޮންނަކަމަށް ދެކިގެން ލިޔާގޮތަށް، ކުށްވެރިކުރުމުގެ ޙައްޤަކީ ވެސް އޮންނަ އެއްޗަކަށްވާތީކަމަށެވެ.

އެޑީޓާރސް ގިލްޑް އިން ވިދާޅުވެފައި ވަނީ މިހާރު ނޫހުގެ ރިޕޯޓްގެ މައްސަލަ ބެލުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުންކަމަށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ