ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވީ 780 މީހުން

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވީ 780 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވިއްޖެއެވެ.

އެޗްޕީއޭ އިން މިއަދު ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މުޅި ޖުމްލަ 4،356 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 571 މީހުން، އަތޮޅުތެރޭ ރައްތަކުން 205 މީހުން، އަދި ރިސޯޓުތަކުން 04 މީހުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 63،686 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 39،314 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 24،205 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 218 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ