ޝައިނީ އަށް ފައިސާ ނުދިނުމުން ރައީސް ޔާމީންގެ ލީޑަރޝިފް ފެނިގެންދޭ: މަލީޙު

ކުރީގެ ފިޝަރީޒް މިނިސްޓަރު މުޙައްމަދު ޝައިނީއަށް ފައިސާ ނުދިނުމުން ފެނިގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލީޑަރޝިޕް ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކެބިނެޓަަށް އެންމެ އިހާނެތިކޮށް ހެއްދެވި ވެރިޔަކަށް ރައީސް ޔާމީން ވާނެ ކަމަށާއި، ރައީސް ޔާމީންގެ ކެބިނެޓު ދައުރު ނިމުނުއިރު ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށް ޝައިނީ ވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އޯޑިއޯއެއް އިއްޔެ ލީކުވުމާއި ގުޅިގެންނެވެ.

މި ކްލިޕްގައި ޝައިނީ ވިދާޅުވެފައިވަނީ، ކެބިނެޓަަށް އެންމެ އިހާނެތިކޮށް ހެއްދެވި ވެރިޔަކަށް ރައީސް ޔާމީން ވާނެ ކަމަށާއި، ރައީސް ޔާމީންގެ ކެބިނެޓަށް ދައުރު ނިމުނުއިރު ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ނުކުންނަން ޖެހުނީ ހުސްއަތާ ކަމަށެވެ. އޭރުތިބި ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ފްލެޓް ލިބޭނެގޮތް ހެއްދެވުމަށްވެސް އެދިފައިވާނެކަމަށް ޝައިނީ ވިދާޅުވިއެވެ.

ޑރ ޝައިނީ ވިދާޅުވެފައިވަނީ، މިއަދު ރައީސް ޔާމީނަށް ކަމެއް ކޮށްދޭން ޖެހޭނޭ ވިދާޅުވެވެން ނޯންނާނެ ކަމަށެވެ. އަދި މިވެނި ކަމެއް ކޮށްދިނީއޭ ބުނެވެންވެސް ނޯންނާނެ ކަމަށެވެ.

މިކަމާއި ގުޅިގެން މަލީހު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝައިނީ އެދައްކަނީ ހަޑިހުތުރު ވާހަކަ ކަމަށާއި މިނިސްޓަރުން ރައީސް އަތުން ފައިސާ ހޯދާކަށް ނުޖެހޭނެ ކަމަށެވެ.

"އަދި އަމުދުން ގޯތި ނުލިބިގެން ޝަކުވާކުރަނީ ކޮން ހަމަޔަކުންތޯ? ފައިސާވެސް އަދި ގޯތިވެސް ނުދިނުމުން ރައީސް ޔާމީންގެ ލީޑަރޝިޕް ފެނިގެންދޭ. ޝައިނީ އުމުރަށް ރައީސް ޔާމިނަށް ޝުކުރުއަދާ ކުރުން ހައްޤު." މަލީހު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
311
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ