ކޮވިޑް-19 ޖެހިގެން 58 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން 58 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އައިޖީއެމްއެޗްގެ އީއާރު އަށް ގެނަ އުމުރުން 58 އަހަރުގެ ދިވެހި ފިރެހެނަކު މިއަދު ހަވީރު 3:00 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ނިޔާވި ތިންވަނަ މީހާއެވެ. މިއަދު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި އަނެއް ދެމީހުންނަކީ 83 އަހަރުގެ ދިވެހި އަންހެނަކާ އަދި 62 އަހަރުގެ ދިވެހި ފިރެހެނެކެވެ. މި ތިންމީހުންނާއެކު ޖުމްލަ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދުވަނީ 161 އަރައިފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނުތާ މިހާރު އަހަރު ދުވަސްވެފައިވާއިރު މިމަސް ފާހަގަކޮށްލެވެނީ މިބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަހުގެ ގޮތުގައެވެ. މިގޮތުން މިމަހު 88 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖެއިން މިހާތަނަށް 63،600 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 39،314 މީހުންނެވެ. ބަލި ޖެހިފައި އަދިވެސް 24،205 މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 218 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ