ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 710 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން މިއަދު ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މުޅި ޖުމްލަ 5،310 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 488 މީހުން، އަތޮޅުތެރޭ ރައްތަކުން 202 މީހުން، ރިސޯޓުތަކުން 05 މީހުން، އަދި ތަރައްގީ ކުރަމުން އައްނަ ރައްތަކުން 15 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/naM016haC4
— Health Protection Agency (@HPA_MV) May 31, 2021
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 64،396 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 40،117 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 24،109 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 204 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.




