ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެ، ކޮވިޑް-19 ގައި މިއަދު ނިޔާވި މީހުންގެ އަދަދު 5 އަށް އަރައިފިއެވެ.
ނުރައްކާތެރި ކޮވިޑް-19 ގައި މިއަދު 5 ވަނަ މީހަކު ނިޔާވެ ޖުމްލަ ނިޔާވި މީހުންގެ އަދަދު 166 އަށް އަރައިފައިވާއިރު، މިއަދު 5 ވަނަ އަށް ނިޔާވެފައިވަނީ އައިޖީއެމްއެޗު އީއާރުގަ އެޑްމިޓްކޮށް ފަރުވާދެމުންދިޔަ އުމުރުން 88 އަހަރުގެ ދިވެހި އަންހެނެކެވެ.
މީގެ އިތުރުން މިއަދު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ތިން މީހަކާއި އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކެވެ.
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 64،396 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 40،117 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 24،109 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 204 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.



