ފްލޫ ކްލިނިކަސް ދެއްކި ފަރާތެއް ޕޮޒިޓިވެ، ކުރެންދޫވެސް މޮނިޓަރިންއަށް

ފްލޫ ކްލިނިކަސް ދެއްކި ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވެ، ޅ. ކުރެންދޫ މޮނިޓަރިންއަށް ލައިފިއެވެ.

ކުރެންދޫ ކައުންސިލުން ބުނީ، އަލާމާތް ހުރެގެން 30 މެއި 2021 ގައި އެރަށު ފުލޫ ކުލިނަކަށް ދެއްކި ފަރާތެއްގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށާއި، އަދި މިކޭސްއާއި ގުޅިގެން ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް 50 ފަރާތެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށް އެކައުންސިލުންވަނީ ބުނެފައެވެ.

އަދި ޕޮޒިޓިވްވި ފަރާތުގެ ޙާލު ﷲ އިރާދަފުޅާއެކު ރަނގަޅުކަމަށްވެސް އެކައުންސިލުން ބުނެއެވެ.

ކުރެންދޫއިން ޕޮޒިޓިވްވި ފަރާތަކީ ޓްރެވެލް ހިސްޓްރީއެއް ނެތް ފަރާތެއްކެވެ. އަދި އެރަށުން ޕޮޒިޓިވްވެފައިވަނީ ކިހާ އުމުރެއްގެ ފަރާތެއްކަމަށްވަނީ ސާފުވާގޮތް ނުވެފައެވެ.

ކުރެންދޫ މިހާރު އޮތީ މޮނީޓަރިންގައެވެ. އެހެންކަމުން އެޗްޕީއޭގެ ހުއްދަނެތި އެރަށަށް އަރައި ފޭބުމަކީ މިހާރު މަނާކަމެކެވެ.

ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 74 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ