ކޮވިޑް-19 ޖެހިގެން ވިލިމާލެއިން މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ވިލިމާލެއިން ކޮވިޑް-19 ޖެހިގެން މިއަދު ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ އަންހެނެއް ކަމަށެވެ.
"މިއަދު ހަވީރު 4:30 ގައި ވިލިމާލެ ހޮސްޕިޓަލަށް ގެނެވުނު އުމުރުން 77 އަހަރުގެ އަންހެން މީހާވަނީ ނިޔާވެފައި، މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 177 ވަނަ މީހާ" އެޗްޕީއޭ އިން މިރޭ ވިދާޅުވިއެވެ.
Today (04/06/21) at 04:30 pm a 77-year-old Maldivian female brought to Villimale’ Hospital was declared dead
This is the 177th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven
— Health Protection Agency (@HPA_MV) June 4, 2021
މިއަދުގެ މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން ތިންމީހުން ނިޔާވެފައި ވާއިރު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން މިބަލީގައި 177 މީހަކުވަނީ ނިޔާވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 177 މީހުން ނިޔާވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 160 ދިވެހިންނާއި 17 ބިދޭސީންނެވެ. މިބަލީގައި މިމަހުގެ ފުރަތަމަ ދުވަހުވެސް 8 މީހުން ވަނީ ނިޔާވެފައެވެ. އަދި މިދިޔަ މެއިމަހަކީ ކޮވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 88 މީހުން ވަނީ ނިޔާވެފައެވެ.




