ދިވެހި ދެ ފުލުހަކު، ލަކްޝަދީޕްގައި ގެނބެމުންދިޔަ އާއިލާއެއް ސަލާމަތްކޮށްދީފި

ލަކްޝަދީޕްގައި ގެނބެމުންދިޔަ 4 މެންބަރުންގެ އާއިލާއެއް ދިވެހި ދެ ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްދީފިއެވެ.

ދިވެހި މި ދެ ފުލުހުންނަކީ މިވަގުތު އިންޑިއާގެ ޝައުދަރު ވަލައްބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގައި އައިޕީއެސް ޓްރެއިނިން ފުރިހަމަކުރުމަށް ގޮސް ތިބި ދެ ފިވެހި ފުލުހުންކަމުގައިވާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަބްދުލް އަޒީޒް އާއި،  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނާޒިމްއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކުރިގޮތުގައި، މި ދެ ފުލުހުންގެ ޖެހިލުންކުޑަ އަދި ހިތްވަރުގަދަ މަސައްކަތުން ވަނީ ލަކްޝަދީޕްގައި ގެނބެމުންދިޔަ ކުޑަ ދެ ކުދިން ހިމެނޭ ހަތަރު މެންބަރުންގެ އާއިލާއިން ސަލާމަތްކޮށްދީފައެވެ.

މި މަސައްކަތް ފާހަގަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އަދި ޝައުދަރު ވަލައްބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީ އިން ވަނީ މި ދެ ފުލުހުންގެ ހިތްވަރުގަދަކަމުގެ އަގު ވަޒަންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
121211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ