މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވާހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންދާ އިންކުއަރީއަށް ވަކިވަކި ފުލުހުން ވިޔަސް ހާޒިރުވާނެކަމަށް ބުނާއިރު، ސަލާމަތީ އަނެއް ބާރުން އެއާއި އިދިކޮޅަށް ރައްޔިތުންގެ މަޖިލީހަށް ގޮންޖަހަމުން ދަނީ ކިއްވެތޯ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ސުވާލު އުފައްދަވައިފިއެވެ.
އިންތި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދިން ބޮމުގެ ނުރައްކާތެރި ހަމަލާއާ ގުޅޭ އިންކުއަރީގެ ބޭނުމަށް ވަކިވަކި ފުލުހުން ކަމުގައި ވިޔަސް މަޖިލީހަށް ހާޒިރުވެ، އިޖާބަދީ އެއްބާރުލުންދޭނޭ ކަމަށް ފުލުހުން ބަޔާންކުރާއިރު، ސަލާމަތީ އަނެއް ޚިދުމަތުން އެހާ ތަފާތުކޮށް މަޖިލީހަށް ގޮންޖަހަންޖެހެނީ ކީއްވެތޯކަމަށެވެ.
އެގޮތުން ފުލުހުން އިއްޔެ ވިދާޅުވެފައި ވަނީ މަޖިލީހުން ފަށާފައިވާ އެންކުޔަރީއަށް މައުލޫމާތު ދޭން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ވަކިވަކި ފުލުހުން ވެސް ހާޒިރުވާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ މި ޕާލަމެންޓަރީ އިންކުއައިރީގައި ޕޮލިސް ކޮމިޝަނަރުގެ އިތުރުން ބައެެއް ފުލުހުން މިއަދު ވަނީ ކޮމެޓީއަށް ހާޒިރުވެ މަޢުލޫމާތު ދެއްވާފައެވެ.
ފުލުހުން ކޮމެޓީއަށް ހާޒިރުވެފައިވާއިރު އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހަޒިރުކޮށް ޖަވާބުދާރީ ވުމަކީ ސިފައިންގެ ޤަވައިދާއި ޚިލާފުކަމެއްކަމަށެވެ.
އެގޮތުން އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ބޭނުން ހިފާ ގޮތާމެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް، ސިފައިންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމަށެވެ.





4 Responses
Mee ehcheh boigenulhey ginthiehtha thinoonas kuraane baivaru kanthah majilihuga hunnaaane
އިންތި ބިމުގައި ޖެހިފަ އުޑުގައި ޖެހޭއިރު ފުލުހުންނަކީ މަދަނީ މުއައްސަސާއެއް ކަން ހަމަ ނޭނގެނީތަ ؟ ގައުމު ހަނގުރާމަވެރި އެއްވެސް ހާލަތަކަށް ވެއްޓިއްޖެނަމަ ފުރާނަ އަތްމައްޗަށް ލައިގެން ނިކުންނަ ބަޔަކުގެ މައްޗަށް އަމުރަށް ކިޔަމަން ވުމާއި ޗެއިންއޮފް ކޮމާން ފޮލޯ ކުރުމުގެ ހާލަތެއް ދެމެހެއްޓޭނީ ކޮމާންޑަރުން ޒިންމާވާ ސިސްޓަމެއްގެ ތެރެއިން. މިހާރު ތިހަދާ ގޮތުން ވަކިވަކި ސިފައިން ބުނާނެ ތިމަންނައަށް ފެންނަ ކަމެއް ފެންނަ ގޮތަކަށޭ ކުރާނީ، ޗީފް އަދި އެހެންވެސް ކޮމާންޑަރަކަށް ތިމަންނަ ކިޔަމަންވާ ކަށް ނުޖެހޭނެއޭ، މަޖިލިސް އޮންނާނެއޭ ތިމަންނަގެ ހިމާޔަތުގައި.
މިއީވެސް ހަރުކަށި ފިކުރިގެ މީހެއް. އަބަދުވެސް މަވަރެއް ނެތިގެން އަޑުގަދަ ކުރާނީ. ކިޔަވައިގެންވެސް ޖާހިލުން އުޅޭ
މަޖިލީހުގެ ރޯނާވެފަތިބި މެންބަރުން ކިތަންމެ ބާރަށް ފުމުނަސް ސިފައިންގެ ވާޖިބަށް ހުރަސް އެޅުނަ ދީގެން ނުވާނެ.