ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމްގެ މާބަނޑު އަނބިކަނބަލުން ޝަޖާން މުއާޒް ޝަހީމް އާއި އެދެމަފިރިންގެ އެއްމާބަނޑު ދެކުދިންގެ ހާލަތުވެސް ރަނގަޅުކަމަށް ޙައިތަމް ވިދާޅުވެއްޖެއެވެ.
ހައިތަމްއާއި އަނބިކަނަބަލުން ޝަޖާންއަށް އިއްޔެ ބަޔަކު ވަނީ މަގުމަތިން ދިމާކޮށް އިންޒާރުދީފައެވެ. މި ހާދިސާއާއި ގުޅިގެން އަނބިކަނބަލުންނަށް ނަފްސާނީ ގޮތުން އަސަރުކޮށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭން ޖެހުނުކަމަށް ހައިތަމް ވިދާޅުވިއެވެ.
ހައިތަމް މިއަދު ކުރި ޓްވީޓެއްގައި ބުނީ، ތިންމައިންގެ ހާލުވެސް ރަނގަޅުކަމަށާއި، އަދި ރޭގެ ވަގުތެއްގައި ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ގެއަށް ދޫކޮށްލައިފައިވާ ކަމަށެވެ. އަދި ތިންމައިންގެ ހާލު ބެލި އެންމެންނަށް ހައިތަމް ވަނީ ޝުކުރު އަދާކޮށްފިއެވެ.
ހައިތަމް ވިދާޅުވީި ގޮތުގައި އެދެމަފިރިންނަށް އިންޒާރު ދީފައިވަނީ ހަތަރު މީހުންގެ ގުރޫޕަކުންނެވެ. އެގޮތުން އެދެމަފިރިން ދިރިއުޅޭ އެޕާޓުމެންޓު ދޮރުމައްޗާއި ހަމަޔަށް އޭގެތެރެއިން ދެމީހަކު ފަހަތުން އިންޒާރު ދެމުންދިޔަަކަމަށްވެސް ހައިތަމް ވިދާޅުވިއެވެ.
މީގެ ކުރިންވެސް އެފަދަ އެތައް ފަހަރަކު އިންޒާރުދީ ޖެއްސުންކޮށް ހަދާފަވާކަމަށް ހައިތަމް ވިދާޅުވިއިރު، މީގެކުރިންވެސް އެ މައްސަލަތައްވެސް ފުލުހަށް ހުށަހަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެމައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާކަމަށެވެ.
3 Responses
ކައިވެނި ކުރިދުވަހާ ވިހޭ ދުވަސް އިންނާނެ
ރަންފައްޓަރުބަޔަށްރަންކީ ހަބަރުން ޑޭޓްއެނގިލައްވާނެ
ހައިޝަމް ތިއަންހެނާޔާ ކައިވެނި ކުރި ދުވަހާ ވިހޭ ދު ވަހާ ދޭ ތެރޭވީކިތަށް ދުވަސްކަންއިގޭނެއިހަކަށްދުވަހު މަންމަގެ ރަންފަޓަރަށް ރަންކީ ހަބަރު ގައިއިންނާނެކައިވެނިކުރެއްވިޑޭޓް
ނުވިހެޔަސް ތިންމައިންގެ ހާލު ރަގަޅޭ ބުނެފާނެތާ ބަނޑުގަ އޮތަސް ދަރިފުޅުގެ ޙާލުވެސް ބެލޭނެތާ