ޕާކިސްތާނުގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 40 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ދެކުނުގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 40 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.

އޮފިޝަލުން މައުލޫމާތު ދޭގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ސިންދް ޕްރޮވިންސް އިން ދަތުރުކުރި ރޭލެއް އެހެން ރޭލު ދަގަނޑަކަށް އަރައި އެ ރޭލު ދަގަނޑުން ފަސިންޖަރުންނާއެކު ދަތުރުކުރަމުން އައި ރޭލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ރޭލުވަނީ ފުރުޅާލައިފައެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުންވަނީ މި އެކްސިޑެންޓުގައި އަނިޔާވި ފަރާތްތައް ކައިރި ހޮސްޕިޓަލުތަކަށް ގެންގޮސްފައެވެ. މިގޮތަށް ގެންދިޔަ ބަޔެއް މީހުންގެ ހާލު ސީރިއަސްއިރު އެކްސިޑެންޓުގެ ސަބަބުން މަރުވި މީހުންގެ އަދަދުތައް އިތުރުވުން އެކަށީގެން ވެއެވެ. ފާއިތުވެދިޔަ އަހަރުތަކުގައިވެސް ޕާކިސްތާނުގައިވަނީ ނުރައްކާތެރި މިފަދަ އެތަކެއް ރެއިލު އެކްސިޑެންޓުތައް ހިނގައިފައެވެ.

ލޯކަލް މީޑިއާ ރިޕޯޓުތައް ބުނާގޮތުން 2013 ވަނަ އަހަރާއި 2019 ވަނަ އަހަރާއި ދެމެދު ހިނގި މިފަދަ އެކްސިޑެންޓް ތަކުގައި 150 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ