މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާން ހާއްސަ ރަށަކަށް، ފަރުކޮޅުފުށި ހަމަޖައްސަން ސިޓީ ކައުންސިލުން ނިންމާފައިވީ ނަމަވެސް، ފަރުކޮޅުފުށި ކިޔާތަނެއް މިހާރު ނޯންނާނެ ކަމަށާއި އެއީ ހުޅުމާލެ ދެ ވަނަ ފޭސްގެ ބައެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ހާއްސަ ތަނެއް ކަނޑައަޅާފައި ނެތުމުން، އެކަމަށް އެންމެ ރަނގަޅު ތަނަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސް ހިނގާ އަދި މިހާރު ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ފަރުކޮޅުފުށި ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އޮންލައިން ނޫސް "ސަން" އަށް ވިދާޅުވީ، ފަރުކޮޅުފުއްޓަކީ މިހާރު ވަކި ރަށެއް ނޫންކަމަށާއި މިހާރު އެއީ ހުޅުމާލޭ ދެވަނަ ފޭސްގެ ބައެއް ކަމަށެވެ. އަދި ދަތުރުދާ ރަށެއްގޮތުގައި އެތަން ހާއްސަ ކޮށްފައިވާކަމް އެނގުނީ ނޫހުން ކަމަށް ވެސް ވިދާޅުވިއެވެ.
"ފަރުކޮޅުފުށި ކިޔާ ތަނެއް އަޅުގަނޑަށް ހީވަނީ މިހާރު ނެތްހެން. ކުރިން ފަރުކޮޅުފުށި އޮތް ތަނުގައި އިންނަ އަޅުގަނޑުމެން އިވެންޓު ސްޕޭސްގެ ގޮތުގައި ބޭނުންކުރި ތަން މިހާރު ބޭނުންކުރަނީ ކޮވިޑުގެ ބަލި މީހުން ބަހައްޓާ ވަގުތީ ތަނެއްގެ ގޮތުގައި. އޭގެ އިތުރަށް ފަރުކޮޅުފުށި ހިމެނޭ ސަރަހައްދު އަދި ގްރީން ސަރަހައްދެއްގެ ގޮތުގައި އޮތީ. ޕްލޭނެއް އެބައޮތް. އެކަމަކު އަދި އިމްޕްލިމެންޓެއް ނުކުރޭ،" ސުހެއިލް ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގެ މީހުން ދަތުރު ދިއުމަށް ވަކި ރަށެއް ކަނޑައެޅުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއް ކަމަށްވީއިރު، އަދިވެސް މި ވައުދު ފުއްދާފައެއް ނުވެއެވެ.





ހިޔާލު
…Mueez moya fulhu