އެމެރިކާގައި ޓިކްޓޮކް އެޕްލިކޭޝަން ބޭނުންކުރުން މަނާކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓުރަމްޕް ނެރުނު އަމުރު އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ބާތިލުކޮށްފިއެވެ.
ޓިކްޓޮކް އަދި ވީޗެޓް އެމެރިކާގައި ބޭނުން ކުރަން މަނާކޮށް ޓުރަމްޕް އަމުރު ނެރުނު ނަމަވެސް ތަފާތު ގިނަ ގާނޫނީ މައްސަލަތަކާއި ގުޅިގެން މި އަމުރަށް ޓުރަމްޕުގެ ވެރިކަމުގެ ދައުރުގައާއި އަދި މިދައުރުގައިވެސް އަމަލު ކޮށްފައެއް ނުވެއެވެ.
އަލަށް ގެނެވުނު ބަދަލާއެކު އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާސްއިން ޗައިނާފަދަ އެމެރިކާއާއި ވާދަވެރި ގައުމުތަކުން ފަރުމާކޮށް ތައްޔާރުކުރާ އެޕްލިކޭޝަންތައް ރިވިއުކުރާނެއެވެ. ބައިޑަން ވިދާޅުވެފައިވަނީ މި ރިވިއުތައް ކުރަންވާނީ އެވިޑެންސް ބޭސްޑް އެޕްރޯޗްގެ ދަށުން ކަމަށެވެ. މިއަށްފަހު އެމެރިކާގެ ސަލާމަތަށް ނުރައްކާވާކަމަށް ދައްކާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ބައިޑަންގެ މި ނިންމުމާއި ގުޅިގެން ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ ޓިކްޓޮކް އެޕްލިކޭޝަނުން ވަކިއެއްޗެއް އަދި ބުނެފައެއް ނުވެއެވެ. ޓިކްޓޮކް ޑައުންލޯޑްކުރުން އެމެރިކާގައި 2020 ވަނަ އަހަރު ޓުރަމްޕްވަނީ މަނާކޮށްފައެވެ.
ޓިކްޓޮކް އެޕްލިކޭޝަނަކީ ކުދިކުދި ވީޑިއޯތައް ހަދާ މުޅި ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފައްނާނުން އައްނަނީ ރަނގަޅު އާންމުދަނީއެއްވެސް ހޯދަމުންނެވެ.




ހިޔާލު
ބޭން ކުރިނަމަ ސަރުކާރު ވެއްޓެނެ މާ ގިނަ އިރެއްނުވެ.މުޅިގައުމުގަ އޮތީ އެ ކުޅޭމީހުން ވިއްޔަ..