ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 323 މީހުން ކަަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 3،819 ސާމްޕަލް ކަމަށާއި އޭގެތެރެއިން ޕޮޒިޓިވުވެފައިވަނީ 323 ސާމްޕަލް ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު އަލަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 163 މީހުން، އަތޮޅުތެރޭ ރައްތަކުން 143 މީހުން، ރިސޯޓުތަކުން 09، އަދި ފަތުރުވެރިންނަށް ހާއްސަ ކަނޑު އުޅަނދުތަކުން 08 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/arGJ7tfn5Z
— Health Protection Agency (@HPA_MV) June 10, 2021
މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންނާއެކު މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 69،536 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 14،281 މީހުންނެވެ. މީގެތެރެއިން 115 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.
މުޅި ޖުމްލަ މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ 191 އެވެ.



