ކޮވިޑް-19 ޖެހިގެން 25 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުން ދިޔަ 25 އަހަރުގެ ޒުވާން އަންހެނެކެވެ.
އަދި ނިޔާވެފައިވަނީ ފ. ނިލަންދޫ އަށް ނިސްބަތްވާ ޒުވާނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއީ ކޮވިޑް-19 ގައި ރާއްޖޭއިން ނިޔާވި ދެވަނައަށް އެންމެ ހަނގު މީހާއެވެ.
މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދުވަނީ 194 އަރައިފައެވެ.
ޖުމްލަ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ 69،831 އަށް އަރައިފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 13،071 މީހުންނެވެ. މީގެތެރެއިން 111 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.




