"ދަ ވިޗާ" ސީޒަން 2ގެ ޓީޒާ ދައްކާލައިފި!

ނެޓްފްލްކްސް އިން ގެނެސްދިން ކާމިޔާބު ސީރީޒް، "ދަ ވިޗާ"ގެ ދެވަނަ ސީޒަންގެ ކުޑަ ޓީޒާއެއް ދައްކާލައިފިއެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ނެޓްފްލިކްސް އިން ގެނެސްދިން މި ސީރީޒްގެ ދަވަނ ސީޒަންއަށް ފޭނުން އިންތިޒާރުކުރަމުން އަންނަތާ އަތައް ދުވަހެއް ވެއްޖެއެވެ. ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ދެވަނަ ސީޒަންގެ ޕްރޮޑަކްޝަން މަސައްކަތް އެތައް ފަހަރަކު ފަސްވަމުން އައިސް، ޝޫޓިން އެއްކޮށް ނިއްމާލިކަން މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ނެޓްފްލިކްސް އިން ވަނީ ހާމަކޮށްފައެވެ.

ދެވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިފައިވާއިރު، މި ޓީޒާ ހާއްސަކޮށްފައި ވަނީ ސީރީޒްގެ އެންމެ ހާއްސަ އެއް ކެރެކްޓަރ ކަމުގައިވާ "ސީރީ"ގެ ކެރެކްޓަރ އަށެވެ. ޓީޒާއިން މާބޮޑު ކަމެއް ސާފުނުވިޔަސް، ދައްކުވައިދެނީ 'ސީރީ"ގެ ޖާނީ އެވެ.

ނެޓްފްލިކްސް އިން ވަނީ އަންނަ ޖުލައި މަހުގެ 9 ގައި، "ވިޗާކޮން" ނަމުގައި އިންވެންޓެއްވެސް ބާއްވަން ނިއްމާފައިވާކަން އިއުލާންކޮށްފައެވެ. ބެލެވޭ ގޮތުގައި މި އިވެންޓްގެ ތެރެއިން "ދަ ވިޗާ"، ސީޒަން 2 ގެ ފުރިހަމަ ޓްރެލާއެއް ރިލީޒްކުރާނެއެވެ.

"ދަ ވިޗާ"، ސީޒަން 2 ގައި 8 އެޕިސޯޑު ހިމެނޭއިރު، ސީރީޒް ދައްކަން ފަށާނެ ކަމަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅުއެވެ.

ވީޑިއޯ ގޭމެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ސީރީޒްގައި ވިޗާ ގެ ރޯލު ކުޅެފައިވަނީ، ޑީސީ ގެސުޕަރމެން ފިލްމްތަކުގައި އެ ސުޕަރމެންގެ ރޯލު ކުޅުނު އެކްޓަރ ހެންރީ ކެވްލް އެވެ. ހެންރީ އަކީ މި ޝޯގައި އެންމެންގެ ފޭވަރިޓްއެވެ.

މީގެ އިތުރުން، މި ސީރީޒް ގެ އަނެއް ފޭވަރިތް ކެރެކްޓަރ ކަމުގައިވާ “ޔެނިފާ” ގެ ރޯލު ކުޅެފައިވަނީ، އާންޔާ ޗަލޯތްރާއެވެ. މީގެ އިތުރުން، “ސީރީ” ގެ ރޯލު ކުޅެފައިވަނީ، ޒުވާން އެކްޓްރެސް ފްރެޔާ އެލެން އެވެ. ވިޗާ ގެ އިތުރުން މި ދެ ކެރެކްޓަރ އަކީ މި ސީރީޒްގެ މެއިން ކެރެކްޓަރ ތަކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ