ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ވީޑިއޯއިން ފެންނަ މީހާއަކީ 2021 މެއި 12 ވަނަ ދުވަހުގެ ވަގުތެއްގައި ކުޑަކުދިންގެ ބަގީޗާ ތެރޭގައި ހުރި ދޫނި ކޮއްޓަކުން ދޫންޏެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
މި މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 486858 އެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.



