ކޮވިޑް-19: އިިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނޫ ޑީއެޗް11 ގައި އެޑެމިޓްކޮށްގެން ފަރުވާދެމުންދިޔަ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހާ ނިޔާވެފައިވަނީ މިއަދު ހަވީރު 05:44 ގައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ ޖުމްލަ އަދަދަކީ 201 އެވެ. އަދި މިއީ ކޮވިޑު ބަލީގައި ރާއްޖެއިން މިއަދު ނިޔާވި ފުރަތަމަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި ހަރުކަށި ފިޔަވަޅު ތަކާއެކު މިހާރު ވަނީ ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިފައެވެ.

މިދިޔަ މެއިމަހަކީ ކޮވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. އެގޮތުން މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 88 މީހުން ވަނީ ނިޔާވެފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުމްލަ މިހާތަނަށް މިބައްޔަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 71،138 އެވެ. އަދި މިވަގުތު މިބައްޔަށް 7،747 މީހަކު ފަރުވާ ހޯދަމުން އަންނައިރު، މީގެތެރެއިން 67 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ