މިޔަންމާއަށް ހަތިޔާރު ވިއްކުން މަނާކުރަން އ.ދ އިން ގޮވާލައިފި

އަސްކަރީ ބަގާވާތަކުން ވެރިކަން ބަދަލުކޮށް އަދި މިވަގުތު އަސްކަރީ ހާއްސަ ކޮމެޓީއަކުން ވެރިކަން ހިނގަމުންދާ މިޔަންމާއަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް އެކުވެރި ދައުލަތްތައް (އ.ދ) އިން ގޮވާލައިފިއެވެ.

އ.ދ ގެ އާންމު މަޖިލީހުން ނިންމާފައިވާ ނިންމުމެއްގައި ބުނެފައިވަނީ މިޔަންމާގެ ވެރިކަން މިވަގުތު ކުރަމުންދާ އަސްކަރީ ކައުންސިލް ކުއްވެރިކުރާ ކަމަށާއި، އެގައުމަށް ހަތިޔާރު ވިއްކުން ހުއްޓާލަން ޖެހޭ ކަމަށާއި، ހައްޔަރުކޮށްފައިވާ ސިޔާސީ ވެރިން ދޫކޮށްލުމަށް އަސްކަރީ ސަރުކާރަށް ގޮވާލާކަމަށާއި، އަދި ސުލްހަވެރި މުޒާހަރާތައް ކުރުމުގެ ފުރުސަތު ދިނުމަށެވެ.

އ.ދ ގެ މި ގޮވާލުމުގައި ގާނޫނީ ގޮތުން ބަރުދަނެއް ނެއްނަމަވެސް ސިޔާސީ ގޮތުން ބަލާނަމަ މިޔަންމާއަށް ގޮންޖެހުންތަކާއި މީގެސަބަބުން ކުރިމަތިވެގެން ދާނެއެވެ.

އ.ދ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އ.ދ އިން މިޔަންމާއަށް ކަނޑައަޅުއްވައިފައި ހުއްނަވާ ހާއްސަ މަންދޫބު ވިދާޅުވީ، މިޔަންމާއަށް ގެނެވިފައިވާ އަސްކަރީ ބަގާވާތް ރޫޅާލާ ގައުމު އާންމު ހާލަތަށް ގެނައުމުގެ ފުރުސަތު ހަނިވަމުންދާކަމަށާއި ގައުމުގައި ބޮޑުވެގެންވާ ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމަށެވެ.

މިޔަންމާއަށް ހަތިޔާރު ވިއްކުން މަނާކުރުމަށް އ.ދ ގެ 119 ގައުމަކުން ތާއީދު ކޮށްފައި ވެއެވެ. ބެލަރުސް އިން މިއާއި ދެކޮޅަށް ވޯޓުދީފައިވާއިރު، 36 ގައުމަކުން މީގައި ބައިވެރިވެފައި ނުވެއެވެ.

މިޔަންމާއިން އެގައުމުގެ ވެރިކަން އަސްކަރީ ބަގާވާތަކުން ވައްޓާލުމަށްފަހު ވެރިކަމާއި ހަވާލުވެފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ. މި ބަގާވާތާއި އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު އައްނަނީ ދެކޮޅު ހަދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ