FILE PHOTO: A woman holds a small bottle labeled with a "Coronavirus COVID-19 Vaccine" sticker and a medical syringe in front of displayed Novavax logo in this illustration taken, October 30, 2020. REUTERS/Dado Ruvic/File Photo

އިންޑިއާގައި "ކޮވަވެކްސް" ވެކްސިން ކުޑަކުދިންނަށް ދީގެން ޓެސްޓް ކުރަން ފަށަނީ

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ނޮވަވެކްސް އިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ކްލިނިކަލް ޓްރައިލްސް އިންޑިއާގައި ފެށުމަށް، ކުޑަކުދިންނަށް ވެކްސިން ދީގެން ޓެސްޓުކުރަން އަންނަ ޖުލައި މަހު ފަށާނެ ކަމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އިއުލާންކޮށްފިއެވެ.

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ(އެސްއައިއައި) އިން އުފައްދަމުން އަންނަ އެމެރިކާގެ ނޮވަވެކްސް ކުންފުނީގެ ކޮވިޑް-19 ވެކްސިންގެ އިންޑިއަން ވާޝަން އަށް ދީފައިވާ ނަމަކީ، "ކޮވަވެކްސް" އެވެ.

އެސްއައިއައި އިން ބުނި ގޮތުގައި، މި ވެކްސިން ކުޑަކުދިންނަށް ޓެސްޓުކުރުމަށް ކްލިނިކަލް ޓްރައިލްސްތައް އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު މި ވެކްސިން އިންޑިއާގައި ލޯންޗުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އެމެރިކާގައި ހެދި ޓެސްޓު ޓުރެއިލް އިން ދައްކާ ގޮތުގައި،  ނޮވަވެކްސްއިން އުފެއްދި ވެކްސިން އެ ވައިރަހާ ދެކޮޅަށް 90 ޕަސެންޓު އިފެކްޓިވް އެވެ.

ނޮވަވެކްސް ކުންފުނިން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ޖެހުމުން ބަލި ސީރިއަސްވުމާ ދެކޮޅަށް 100 ޕަސެންޓު ރައްކާތެރިކަން ލިބޭ ކަމަށާއި އޭގެ އެފިކަސީ އުޅެނީ 90.4 ޕަސެންޓުގައި ކަމަށެވެ.

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ވަނީ އެމެރިކާގެ ނޮވަވެކްސް ކުންފުންޏާއެކު މި ވެކްސިން އިންޑިއާގައި އުފެއްދުމަށް އެއްބަސްވެފައެވެ. އަދި މި ވެކްސިންއަށް އިންޑިއާގައި ދީފައިވާ ނަމަކީ "ކޮވަވެކްސް" އެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ