ފޭންއަކު ހެދި "ކްރިޝް 4" ގެ ސްކްރިޕްޓަށް ރިތިކް ގެ ތައުރީފް!

ހިންދީ ސިނަމާގައި އުފެއްދި އެންމެ މޮޅު އަދި ކާމިޔާބު ސުޕަހީރޯ ފިލްމް، "ކްރިޝް"ގެ ފްރައިންޗް ފިލްމްތަކުގެ ބޮޑު ފޭން ބޭސްއެއް އޮވެއެވެ.

މި ފިލްމްގެ ހަތަރު ވަނަ ބަޔަށް ފޭނުން އިންތިޒާރުކުރަމުން އަންނަ އިރު، ފުރަތަމަ ފިލްމަށް 15 އަހަރު ފުރުނު ދުވަހު، 4 ވަނަ ބައި އުފެއްދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފިލްމްގެ ލީޑު އެކްޓަރ ރިތިކް ރޯޝަން ވަނީ އިއުލާންކޮށްފައެވެ.

"ކްރިޝް" ގެ ހަތަރު ވަނަ ބައިގެ ވާހަކައިގެ އެއްވެސް މައުލޫމާތެއް އަދި ސާފުނުވިނަމަވެސް، ފޭން އަކު މި ވަނީ މި ފިލްމްގެ ސްކްރިޕްޓެއް ތައްޔާރުކޮށް މީސްމީޑިއާއަށް ދޫކޮށްލައިފައެވެ. މި ސްކްރިޕްޓް ރިތިކްގެ ސަމާލުކަމަށް އައިސް، އޭނައަށް އެ ސްކްރިޕްޓް ވަރަށް ކަމުދާކަމަށް ރިތިކް ވަނީ ބުނެފައެވެ.

މި ސްކްރިޕްޓް ޓްވިޓާގައި ހިއްސާކުރުމުން، އެޔަށް ކޮމެންޓްކޮށް ރިތިކް ބުނީ، އެމޭޖިނޭޝަން އަށް ސަތޭކަ ދޭ ކަމަށެވެ.

މި ފިލްމްގެ މަސައްކަތް ފަށައިފައިވާއިރު، ފިލްމް ސިނަމާތަކަށް އަންނާނެ ތާރީހެއް އަދި ނޭނގެއެވެ. އަދި ހަތަރު ވަނަ ބައިގެ ކާސްޓުންވެސް ފައިނަލް އެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ