"ތޫފާން" ގެ ޓްރެއިލާ ދައްކާލައިފި!

ބޮލީވުޑްގެ މަޝްހޫރު ތަރި ފަރްހާން އަހްތަރުގެ ކުރިއަށް އޮތް ފިލްމް، "ތޫފާން"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ލީޑު ރޯލުން ފަރްހާން އަހްތަރާއެކު ބަތަލާ މްރޫނަލް ތާކޫރް ފެނިގެންދާ މި ފިލްމަކީ ސްފޯޓްސް ޑްރާމާ ފިލްމެކެވެ. އެގޮތުން މި ފިލްމްގައި ފަރްހާން ގެ ކެރެކްޓަރ އަކީ ބޮކްސިން ކުޅުންތެރިޔެކެވެ.

ފިލްމްގައި ފެނިގެންދާނީ ދިމާވި ކަމަކުން ބޮކްސިން ކުޅުމާއި ދުރުގައި ހުރުމަށްފަހު، އަލުން ބޮކްސިންގެ ދުނިޔެއަށް ވަނުމަށް އޭނާ ކުރާ މަސައްކަތެވެ.

މި ފިލްމްގެ ޓްރެއިލާ ދައްކާލައިފައިވާއިރު، ގިނަ ބަޔަކު އަންނަނީ ފަރްހާންގެ އެކްޓިންއަށް ތައުރީފް ކުރަމުންނެވެ. އެގޮތުން ބޮކްސާއެއްގެ ގޮތުގައި މެދު އުމުރު ފުރައިގެ މީހަކަށް ފްރްހާން ބަދަލުވާ، "ޓްރާންސްފޮމޭޝަން" ވަރަށް ފުރިހަމައަށް ޓްރެއިލާއިން ފެނިގެންދެއެވެ.

ފަރްހާން ބުނިގޮތުގައި، މި ކެރެކްޓަރ އަށް ތައްޔާރުވުމަށް ބޭނުންވާ ޓްރެއިނިން ފުރިހަމަ ކުރުމަށް 9 ވަރަކަށް މަސް ނެގިއެވެ.

މި ފިލްމް ރިލީޒްކުރާނީ، އެމެޒަން ޕްރައިމް ވީޑިއޯ އިން މި މަހުގެ 16 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ