އެމްޕީއެލް: ފޮޓޯ- ސަން އޮންލައިން

އެމްޕީއެލްގެ މައި ބަނދަރު ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑްކޮށްފި

މޯލްޑިވިސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ މައި ބަނދަރު ޕޯޓަލް މައި ބަނދަރު ޕޭމަންޓް ގޭޓްވޭ ފަސޭހަ ހިދުމަތްތަކާއި އެކު އަޕްގްރޭޑްކޮށްފިއެވެ.

އެމްޕީއެލްއިން ބުނިގޮތުގައި މިއީ ޙިދުމަތް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކަށް، އެމްޕީއެލްގެ ހިދުމަތްތައް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި ގެނެވުނު ބަދަލެކެވެ. މި ބަދަލާއި އެކު މައި ބަނދަރު ޕޯޓަލްއިންވެސް ލިންކު ބޭނުންކޮށް ޕޯޓަލްއިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމާއި އަދި، މޯބައިލް ޕޭ ޕޭގެ ހިދުމަތް ލިބޭނެ ގޮތްވެސް ހަމަޖެހިފައިވާއިރު، މި ބަދަލާއި އެކު ހުރިހާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އަދި ޝިޕިންގ އޭޖެންޓުންނަށްވެސް ފަސޭހަކޮށް އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ދެއްކޭނެ ގޮތް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ހިދުމަތް ތަކަށް ގެނައި ބަދަލުތާ ގުޅިގެން ހުރިހާ ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްއަށް ރަޖިސްޓްރީ ވެވޭނެކަމަށާއި، މުދަލުގެ ވެރިފަރާތުން އެ ފަރާތެއްގެ މުދަލާ ގުޅޭ ހުރިހާ ތަފްސީލެއް ބަލައިލުމުގެ އިތުރަށް މުދަލަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެކަމަށެވެ. އަދި ޝިޕިންގެ އެޖެންޓުންނަށް އޮންލައިންކޮށް އީޓީއޭ (އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް) އަދި ބީއެލް (ބިލް އޮފް ލޭޑިންގ) އަށްވެސް ހުށަހެޅޭނެކަމަށެވެ.

އަދި ހުރިހާ ކަސްޓަމަރުންނަށް ފައިސާ ދެއްކި ހުރިހާ ރަސީދުތަކުގެ ތަފްސީލުތައް ކޮންމެ ވަގުތަކުވެސް ޕޯޓަލްއިން ފަސޭހައިން ބަލާލެވޭނެކަމަށާއި، ކޮވިޑްގެ މިހާލަތުގައި ހުރިހާ ކަސްޓަމަރުންވެސް، އެމްޕީއެލްއަށް އައުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވެ ހިދުމަތްތައް އޮންލައިންކޮށް ހޯމަށް އެމްޕީއެލްއިންވަނީ އިލްތިމާސްކޮށްފައެވެ.

އެމްޕީއެލްއިން ބުނިގޮތުގައި މިހާރު ދެމުންދާ ހުރިހާ ހިދުމަތެއް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ދިމަކީ އެކުންފުނީގެ މަޤްސަދުކަމަށާއި، މިކަމާއި ގުޅޭ އިތުރު ތަފްސީލްތައް ކުރިޔަށް އޮތް ދުވަސްތަކުގައި އިޢުލާނުކުރަމުންދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ