ރަވީނާ އާއި ގޮވިންދާ އަލުން އެކުގައި ފެންނަނީ!

ބޮލީވުޑްގެ ގިނަ ހިޓް ފިލްމްތަކަކުން އެކުގައި ފެނިފައިވާ ދެ ފަންނާނުންކަމުގައިވާ ރަވީނާ ޓަންޑަން އާއި ގޮވިންދާ ވަރަށް އަވަހަށް އެކުގައި ސްކްރީނުން ފެންނާނެކަން އިއުލާންކޮށްފިއެވެ.

މިއީ ކޮން ކަހަލަ އަދި ކިހިނެއް ފެނިގެންދާނެ ފެނިލުމެއް ކަމެއް ސާފުނުވިނަމަވެސް، ރަވީނާ އާއި ގޮވިންދާ އެކުގައި ނަގައިފައިވާ ފޮޓޯއެއް ރަވީނާ ރޭ އޭނަގެ އިންސްޓަގްރަމްގައި ވަނީ ހިއްސާކޮށްފައެވެ. އަދި ކެޕްޝަންގައި، "ގްރޭންޑް ރީޔުނިއަން" މިހެން ލިޔެފައިވާއިރު، އޭނާ ބުނީ، ދެމީހުން އެކުގައި އަލުން ސްކްރީނުން ފެންނަނީ ކަމަށެވެ.

އަދި ރަވީނާ ބުނީ، އެއީ ކޮންކަހަލަ ރީޔުނިއަންއެއްކަން ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށެވެ.

ރަވީނާ އާއި ގޮވިންދާ އެކުގައި ކުޅެފައިވާ ހިޓް ފިލްމްތަކިގެ ތެރޭގައި، "ދުލް ރާޖާ"، "ރަޖާޖީ"، "އަނކިއޯސޭ ގޯލީ މާރީ" އަދި "އަންދާޒް އާޕްނާ އާޕްނާ" ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ