ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު ދެލައްކައަށްވުރެ އިތުރުވެއްޖެ

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ޖެހިމީހުންގެ އަދަދު ދެލައްކައަށްވުރެ އިތުރުވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ވެކްސިންގެ އެންމެފަހުގެ ތަފާސްހިސާބު މިރޭ ހާމަކުރަމުން ވިދާޅުވީ މިއަދުގެ މިހާތަނަށް ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު 206،245 އަރައިފައިވާ ކަމަށެވެ.

އަލަށް މިއަދު ވެކްސިން ޖެހިމީހުންގެ މައުލޫމާތު ހާމަކުރަމުން އެޗްޕީއޭ އިން ވިދާޅުވީ، ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭ ސަރަހައްދުން 99 މީހުން ޖަހައިފައިވާ ކަމަށާއި އަތޮޅުތެރޭ ރައްތަކުން 114 މީހުން ޖަހައިފައިވާ ކަމަށެވެ. މީގެއިތުރަށް މިއަދު ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް މާލޭ ސަރަހައްދުން 5،051 މީހުން ޖަހައިފައިވާއިރު އަތޮޅުތެރޭ ރައްތަކުން 1،410 މީހުން ޖަހައިފައިވާ ކަމަށެވެ.

މިހާތަނަށް މުޅި ޖުމްލަ ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ އަދަދު 206،245 އަރައިފައިވާއިރު ފުރަތަމަ ޑޯޒް ޖެހިމީހުންގެ އަދަދަކީ 317،762 އެވެ. ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭންފަށައިފައިވަނީ ފެބުރުއަރީ އެއްވަނަ ދުވަހުއެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓަކަށް ފުރަތަމަ ޑޯޒު ދީފައިވާ ކަން ފާހަގަކޮށް ސަރުކާރުން ބުނެފައި ވަނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ގިނަ ބަޔަކަށް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައި ނިމޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ